ފޯނެއް ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

ފޯނެއް ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

Author
އަހުމަދު
21 އޭޕްރިލް 2026 11:29
0

ހުޅުމާލެ ފޭސް 2 ގައި ހިނގި ފޯނެއް ވަގަށް ނެގުމުގެ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށްޓަކައި ފުލުހުން ވަނީ އޭނާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެ މީހާ އަދި ހޯދިފައި ނުވާ ކަމަށެވެ.

އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ލަސްނުކޮށް އެ މަޢުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. މި މީހާއާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ގުޅުއްވާނީ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ މައި ނަންބަރު 3322111 އަށެވެ. ކުށްތަކަށް އަރައިގަންނަ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.