ރާއްޖޭގައި ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓަރީއެއް ގާއިމުކުރަނީ

ރާއްޖޭގައި ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓަރީއެއް ގާއިމުކުރަނީ

Author
އަހުމަދު
30 އޮގަސްޓް 2026 07:16
0

 

ދިވެހިރާއްޖޭގައި ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިހާރު ގާއިމުކުރަމުންދާ ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓަރީއަކީ އިންޖިނިއަރިންގގެ ހުރިހާ ދާއިރާތަކަށް ފުރިހަމަ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ތަނެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ލެބޯޓަރީގައި ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކް، ސޮފްޓްވެއަރ، އެއަރކްރާފްޓް، އަދި އެއަރޯނޯޓިކަލް އިންޖިނިއަރިންގގެ އިތުރުން ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް، އަދި ޑިޖިޓަލް އިންޖިނިއަރިންގ ފަދަ ހުރިހާ ދާއިރާތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ލިބިގެންދާނެ ކަމަށެވެ.

އެ އިމާރާތް ބިނާކުރުމުގެ ޓެކްނިކަލް މަސައްކަތްތަކާއި އެހެނިހެން ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށާއި، މި ތަން ފަރުމާކުރެވިފައި ވަނީ އިންޖިނިއަރިންގގެ ހުރިހާ ދާއިރާތަކުގެ ފުރިހަމަ ޚިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދޭ މަރުކަޒީ ހަބެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި މި އިމާރާތުގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ދައުލަތުގެ ބަޖެޓުން ބޭރުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.