މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 631 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 631 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

Author
އަހުމަދު
20 އޭޕްރިލް 2026 10:35
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 497 މިލިއަން ރުފިޔާއެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަހު ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، 631 މިލިއަން ރުފިޔާއަކީ ޓެކްސް ކެނޑުމަށްފަހު ބޭންކަށް ލިބުނު ސާފު ފައިދާއެވެ.

މި މުއްދަތުގެ ތެރޭގައި ބޭންކުގެ ޖުމްލަ އާމްދަނީ ވަނީ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި، ފީ އަދި ކޮމިޝަންގެ ގޮތުން ލިބުނު 332 މިލިއަން ރުފިޔާއެވެ.

ވިދިވިދިގެން ދެ އަހަރު ރެކޯޑު މިންވަރަކަށް ފައިދާ ހޯދުމަށްފަހު، ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ނިންމާލުމާ ގުޅިގެން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ހަރުދަނާވެފައިވާ ކަމެވެ. ބީއެމްއެލްއިން އާ މާލީ އަހަރާ ކުރިމަތިލާފައިވަނީ މި ކާމިޔާބީތައް ހަމަ އެގޮތުގައި ދެމެހެއްޓުމުގެ ވަރުގަދަ އަޒުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.