ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީ ޓިކެޓް ސޯބެ އަށް ކަށަވަރުވެއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީ ޓިކެޓް ސޯބެ އަށް ކަށަވަރުވެއްޖެ

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 11:29
0

ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް، އެމްޑީޕީގެ ޓިކެޓް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ކަށަވަރުވެއްޖެއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެކަމަށް އެދި ހުށަހަޅުއްވާފައިވަނީ ސޯބެ އެކަންޏެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލައި އެ ދާއިރާގެ އެމްޑީޕީ ޓިކެޓް އޭނާއަށް ވަނީ ހަމަޖެހިފައެވެ. ސޯބެ ވަނީ މީގެ ކުރިން ވިދިވިދިގެން 10 އަހަރު ދުވަހު އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭނާ ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީއެންސީގެ މެމްބަރު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނުދައްކާ އޮތް މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ގާނޫނުއަސާސީ ބުނާގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ. މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓް ހޯއްދަވައިގެން، ގެއްލުނު ގޮނޑި އަލުން ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ސިނާން ވެސް ވަނީ އިއުލާން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.