ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ތިން ގޮނޑި ޕީއެންސީންއަށް

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ތިން ގޮނޑި ޕީއެންސީންއަށް

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 09:23
0

މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވި ފަސް ދާއިރާއެއްގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ބާއްވައިފިއެވެ. މި އިންތިޚާބުގެ ބޮޑު ކާމިޔާބީއެއް ހޯދައި، ތިން ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، ޕީއެންސީން ކާމިޔާބުކޮށްފައިވަނީ ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑިއާއި، ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސްކަމުގެ އިތުރުން ލ. މާވަށު އަންހެނުންގެ ކޮމިޓީގެ ގޮނޑިއެވެ. ބާކީ އިން ދެ ދާއިރާގެ ތެރެއިން ބ. ދޮންފަނު ކައުންސިލްގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބުކުރިއިރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.

އިއްޔެ ބޭއްވި މި ދެވަނަ ބުރުގެ ވޯޓުލުމުގައި ޖުމްލަ 6،093 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. ނަމަވެސް އީސީން މަޢުލޫމާތުދޭ ގޮތުގައި އޭގެ ތެރެއިން ވޯޓުލުމުގައި ބައިވެރިވެފައިވަނީ 4،389 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.