މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 09:23
0

މާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއްގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ކަރަންކާ މަގުގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އެމީހާގެ ކަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރު 01:08 ހާއިރުއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ. މި ދެމީހުންގެ މެދުގައި މައްސަލަ ޖެހި، ހަމަލާދޭ ހިސާބަށް ކަންކަން ދާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ ބޮޑުވެފައިވާއިރު، އެމީހުންގެ މެދުގައި ހިނގާ މިފަދަ މާރާމާރީތަކާއި ކުށްތައް ފަހަކަށް އައިސް ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.