މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދެވެ. އޭނާ މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެންނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައިކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް އަންގާފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން ފުލުހުންގެ މުއައްސަސާއިން ވެސް ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ