ހުސްކޮށް އޮތް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ ނިޝާން ހަވާލުވެވަޑައިގެންފި

ހުސްކޮށް އޮތް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ ނިޝާން ހަވާލުވެވަޑައިގެންފި

Author
ޙަސަން މުޙައްމަދު
14 އޭޕްރިލް 2026 01:13
0

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ، އިބްރާހިމް ނިޝާން އަހުމަދު މިއަދު ހަވާލުވެވަޑައިގެންފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުސްވެފައި އޮތް މި މަގާމުގެ މަސްއޫލިއްޔަތުތަކާ ނިޝާން ހަވާލުވެވަޑައިގަތީ، އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށް ފަހުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދުން ފެށިގެން ނިޝާން ވަނީ އެޗްޕީއޭ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ.

އެޗްޕީއޭގެ ޑީޖީގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މައިމޫނާ ރިޓަޔާ ކުރެއްވުމަށްފަހު، މިހާތަނަށް އެ އިދާރާ ހިންގުމުގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީވެސް ނިޝާންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.