އަޑުގަދަކުރުމުން ޝަމްހީދުގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި

އަޑުގަދަކުރުމުން ޝަމްހީދުގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި

Author
ޙަސަން މުޙައްމަދު
14 އޭޕްރިލް 2026 10:12
0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކުރެއްވުމާ ގުޅިގެން، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. މުހައްމަދު ޝަމްހީދުގެ ނަން އިއްވައި ތަޅުމުން ނެރެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރަމުން ދިޔަ ވަގުތުގައެވެ. ޑރ. ޝަމްހީދު ހިތްހަމަޖެހިވަޑައިނުގަތީ، ނިޒާމީ މައްސަލައެއް ނެންގެވުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ރިޔާސަތުން ނުދެއްވުމާ ގުޅިގެންނެވެ.

އެ ވަގުތު ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އަމާޒުކުރައްވައި ކޮޅަށް ހުންނަވައިގެން ޝަމްހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވަން ފެށުމުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ނަމަވެސް، ރިޔާސަތުގެ އެންގެވުމަށް އަމަލުނުކުރެއްވުމުން އެންމެ ފަހުން ޝަމްހީދުގެ ނަން އިއްވީއެވެ. އަދި އެއަށްފަހު މަޖިލީހުގެ ސެކިއުރިޓީންގެ އެހީތެރިކަމާއެކު އެމަނިކުފާނު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.