މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

Author
ޙަސަން މުޙައްމަދު
13 އޭޕްރިލް 2026 08:18
0

މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މިދިޔަ ހުކުރު ދުވަހު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް މި މީހާ ވެއްޓުނީ ހުކުރު ދުވަހުގެ އިރުއޮއްސޭހާއިރުއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، އުމުރުން 30 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ އެ ފިރިހެން މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާގެ އާއިލާއިން އެދިގެން، ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.