ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި

ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
12 އޭޕްރިލް 2026 11:06
0

ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ނުރައްކާތެރި ހާދިސާގައި، އެ ރަށުގައި މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓާއި، ފާނައިގެ މަސްވެރިކަންކުރާ ދެ ދޯންޏެއް ވަނީ އެއްކޮށް އަނދައި ބޭނުން ނުކުރެވޭ ވަރުވެފައެވެ. މީގެ އިތުރުންވެސް ބަނދަރުގައި އޮތް އެހެން ބައެއް އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ހާދިސާގެ ސަބަބުން ރައްޔިތުންނަށާއި މަސްވެރިންނަށް ލިބުނު ގެއްލުންތައް އެ ވުޒާރާއިން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އައިސްޕްލާންޓަށާއި ދޯނިފަހަރަށް ލިބުނު ގެއްލުންތައް ފުޅާ ދާއިރާއެއްގައި ބަލައި ދިރާސާކުރުމަށްޓަކައި މިނިސްޓްރީގެ ޚާއްޞަ ޓީމެއް މިހާރު ވަނީ ފީއައްޔަށް ޒިޔާރަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.