ނ. ސޮނޭވާ ޖާނީ ރިސޯޓުގެ ވިލާއެއްގައި އަލިފާން ރޯވެއްޖެ

ނ. ސޮނޭވާ ޖާނީ ރިސޯޓުގެ ވިލާއެއްގައި އަލިފާން ރޯވެއްޖެ

Author
އަހުމަދު
12 އޭޕްރިލް 2026 03:41
0

ނ. އަތޮޅުގައި އޮންނަ މަޝްހޫރު ސޮނޭވާ ޖާނީ ރިސޯޓުގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު މެންދުރު 2:30 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ދެ ކޮޓަރި ހިމެނޭ ވިލާއެއްގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، ރޯވި އަލިފާންގަނޑު އަދި މުޅިން ކޮންޓްރޯލް ކުރެވިފައިވާކަން ޔަގީންވެފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.