ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 04:13
0

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި ގޮތުގައި، ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުމަށް ވާންޖެހޭ އެންމެހައި އިދާރީ އަދި ފަންނީ ތައްޔާރީތައް އެ ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ. އަދި ދާދިފަހުން ނިމިދިޔަ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްޤު އަދާކުރި ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު، އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. މިދިޔަ ހޮނިހިރު ދުވަހު ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްވެސް ކުރިއަށް ގެންގޮސްފައެވެ. ކުރިއަށް އޮތް ހޮނިހިރު ދުވަހު އޮންނާނީ ހަމައެކަނި ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ކެންޑިޑޭޓުންގެ މެދުގައި ނެގޭ ގޮތްކަނޑައަޅާ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.