ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 07:44
0

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި މަސައްކަތް ކުރިއަށްގެންދަނީ "ބްރަނެލެޝީ" ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެރަށުން 11 ހެކްޓަރުގެ ބިން ހިއްކައި ނިންމާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އެއް ރަށްކަމަށްވާ ގާދިއްފުށީގެ ބޮޑުމިނުގައި މިހާރު ހުރީ އެންމެ 14 ހެކްޓަރެވެ. ބިން ހިއްކުމުގެ އިތުރުންވެސް އެރަށުގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި އެރަށުގައި އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް މި ސަރުކާރުން މިހާރު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

ގާދިއްފުށީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް މިހާރުވެސް ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.