ފްލެޓަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ލުއިފަސޭހަތަކެއް ހަމަޖައްސައިފި

ފްލެޓަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ލުއިފަސޭހަތަކެއް ހަމަޖައްސައިފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 11:43
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް ކުރިމަތިލާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފޯމު ހުށަހެޅުމުގެ މަރުހަލާގައި ހައުސިން މިނިސްޓްރީން އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދީފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓަށް އެދޭ މީހުން، އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ދެން ހުށަހަޅަން ޖެހޭނީ ހަމައެކަނި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީއެކެވެ. މިއީ އެފަރާތްތަކަށް ފޯމުލުމުގައި ދިމާވާ އުނދަގޫތަކަށް ލުއި ހައްލެއް ގެނެސްދިނުމުގެ މަޤްޞަދުގައި ނިންމި ނިންމުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިހާރު "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މި ކެޓަގަރީއަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ކެޓަގަރީން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އެވެ. އެހެންކަމުން، ސުންގަޑި ހަމަވުމުގެ ކުރިން ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.