މުންދު އާއި ޑރ. ސަލްމާ ސަފީރުކަމުގެ މަގާމުން ވަކިކުރައްވައިފި

މުންދު އާއި ޑރ. ސަލްމާ ސަފީރުކަމުގެ މަގާމުން ވަކިކުރައްވައިފި

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 07:44
0

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެ ބޭފުޅުންގެ މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސަރުކާރުގެ މުހިންމު ދެ ސަފީރުކަމެއްގައި ތިއްބެވި މި ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އާއިލީ ބޭފުޅުންނެވެ. އެގޮތުން މުންދު އަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާ އަކީ އަސްމާގެ ކޮއްކޮއެވެ.

ކުއްލި ގޮތަކަށް މި ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައި މިވަނީ، މެންބަރު އަސްމާ ވާހަކަދައްކަވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ބަދަލުތަކާ ގުޅިގެން، ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ އަންހެން ދަރިކަނބަލުން އާމިނަތު ޙުސައިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް، އެކަން ދޮގުކުރައްވައި ތަރުޖަމާނު ހީނާ ވިދާޅުވީ އާމިނަތު ޙުސައިން ޝަރީފް މަގާމުން ވަކިކުރައްވާފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.