އެމްއެންޑީއެފުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ސުންގަޑި އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަށުން ހިންގާ މި ތަމްރީނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރަން ނިންމީ ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތަކެއް ދިމާވުމާ ގުޅިގެންނެވެ. މިއާއެކު، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް އިތުރު ފުރުޞަތެއް މިވަނީ ފަހިވެގެން ގޮސްފައެވެ.
ދިވެހި ވަތަނީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިފްތިތާޙުކުރި ޤައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ދިވެހި ޒުވާނުންނަކީ ޤައުމީ ރޫޙު ހުރި، އިސްލާމީ ރިވެތި އަޚުލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި، އެކުދިންގެ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމެވެ.
ކޮމެންޓު ފޮނުވާ