މިއަދު ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ވޯޓުލުން 76 ފޮށީގައި އަދިވެސް ކުރިޔަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން ބުނީ ހަވީރު 5:00 ގެ ނިޔަލަށް ޖުމްލަ 588 ފޮށީގެ ތެރެއިން ބަންދުކުރެވިފައިވަނީ 512 ފޮށި ކަމަށެވެ. ވޯޓުލުން ނިންމާ ގަޑިއަކީ 4:00 ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، ކިއުތަކުގައި ގިނަ ބަޔަކު ތިބުމުން އީސީން ވަނީ ވޯޓުލުމުގެ ވަގުތު 5:00 ޖަހަންދެން އިތުރުކޮށްދީފަ އެވެ.
އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާ ހެންވޭރު ބޯޅަދަނޑުގައި އަދިވެސް ދިގު ކިއުތައް ހުރި ކަމަށް ވެ އެވެ. ގިނަ ބަޔަކު ވޯޓުލާން ނިކުތީ މެންދުރުފަހުގެ ވަގުތުތަކުގައި ކަމަށްވެސް ފާހަގަވެ އެވެ.
ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުން ފަށައި، ނަތީޖާ އިއުލާންކުރަން ވެސް ފަށާފައިވެ އެވެ.
ކޮމެންޓު ފޮނުވާ