ވޯޓުލާ ކިޔޫ ބަންދުކޮށްފައި ވަނީ ހަވީރު 5:00 ގައެވެ. ކިޔޫގައި ތިބި އެންމެން ވޯޓުލައި ނިމުމާއެކު ވޯޓު ފޮށި ބަންދުކޮށް، ގުނަން ފަށާނީ އޭގެ 30 މިނެޓު ފަހުންނެވެ.
ވޯޓުލާ ކިޔޫ ބަންދުކޮށްފައި ވަނީ ހަވީރު 5:00 ގައެވެ. ކިޔޫގައި ތިި އެންމެން ވޯޓުލައި ނިމުމާއެކު ވޯޓު ފޮށި ބަންދުކޮށް، ގުނަން ފަށާނީ އޭގެ 30 މިނެޓު ފަހުންނެވެ.
ބައެއް މަރުކަޒުތަކުގައި ވަގުތު ހަމަވިއިރު ވަރަށް ބޮޑު ކިޔޫ އޮތެވެ. އެހެންކަމުން ވޯޓު ގުނުމުގެ ކަންކަން އެ މަރުކަޒުތަކުގައި ވަރަށް ބޮޑަށް ލަސްވެގެން ދާނެ ކަމަށް ބެލެވެ އެވެ.
ގަޑިއަށް ބަންދުކުރެވުނު ފޮށިތައް ގުނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެންމެ ފުރަތަމަ ގުނާނީ ލޯކަލް ކައުންސިލްތަކުގެ ވޯޓެވެ. އެއަށް ފަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ވޯޓު ގުނުމަށްފަހު ހިޔާލު ހޯދުމުގެ ވޯޓު ގުނާނީ އެންމެ ފަހުންނެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ގޮތުގައި މިއަދުގެ 4:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 62.98 ޕަސެންޓް މީހުންނެވެ. އެއީ 185،709 މީހުންނެވެ.
މި އިންތިހާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓު ލެވޭއިރު، އެވަގުތާ ހަމައަށް 109،167 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ