މާދަމާގެ އިންތިޚާބު: ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ، ވޯޓުލާންޖެހޭނީ ތިން ފޮއްޓަކަށް

މާދަމާގެ އިންތިޚާބު: ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ، ވޯޓުލާންޖެހޭނީ ތިން ފޮއްޓަކަށް

Author
ޙަސަން މުޙައްމަދު
04 އޭޕްރިލް 2026 12:02
0

މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެކަމަށާއި، އަދި ވޯޓުލާންޖެހޭނީ ތިން ފޮއްޓަކަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މި އިންތިޚާބުގައި އެއްފަހަރާ ކުރިއަށްދާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ޚިޔާލު ހޯދުމުގެ (ފެންނަ ނުފެންނަ) ވޯޓެވެ. އީސީން މަޢުލޫމާތުދޭ ގޮތުގައި މި ތިން ވޯޓުވެސް ލާންޖެހޭނީ ވަކިވަކިން، ތިން ފޮއްޓަކަށެވެ.

މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ފޯރިގަދަ ކެމްޕެއިން ހަރަކާތްތައް، ޤާނޫނީ ސުންގަޑިކަމަށްވާ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ރަސްމީކޮށް ނިންމާލާފައެވެ.

މުޅި ރާއްޖޭގައިވެސް ނުހަނު ވާދަވެރިކޮށް ކުރިއަށްދިޔަ މި ކެމްޕެއިންގެ ފަހު ވަގުތުކޮޅުގެ ތެރޭގައި، ވާދަކުރާ މައިގަނޑު ދެ ޕާޓީގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މަގުތަކަށް ނުކުމެ އެމީހުންގެ ކެންޑިޑޭޓުންނަށް އޮތް ތާއީދު ބޮޑުކަން ދައްކާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.