އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރި އެމެރިކާގެ ޒަމާނީ އެފް-15އީ ސްޓްރައިކް އީގަލް މަރުކާގެ ފައިޓަރ ޖެޓެއް، އީރާނުގެ ދިފާއީ ބާރުތަކުން ވައްޓާލައިފިއެވެ.
ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުން، މި ބޯޓު ވައްޓާލާފައިވަނީ އީރާނުގެ ވަރުގަދަ މިސައިލް ނިޒާމެއްގެ އެހީގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ މެދުއިރުމަތީގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށާއި، އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އަދި މިއީ އަމިއްލަ ގައުމު ދިފާއުކުރުމަށް އީރާނުން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރީ ގާބިލްކަމާމެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައިވާއިރު، އެމެރިކާ ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އެ ސަރަހައްދުގައި އެމެރިކާއިން ފޯރުކުރަމުންދާ ނޭދެވޭ ނުފޫޒުތަކަށް އީރާނުން ދިން ވަރުގަދަ ރައްދެކެވެ.
ކޮމެންޓު ފޮނުވާ