މާލޭގައި ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގެއަކުން، ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ފާށަނާކިލެގެ މަގުގައި އޮންނަ ހަނި ގޯޅިއެއްގައި ހުންނަ "ފްރެޝް ލައިޓް" ކިޔާ މީހުން ދިރިނުއުޅޭ ފަޅު ގެއަކުންނެވެ. މިއީ ވިޔަފާރި އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން އަންނަ ތަނަކަށްވާތީ، މީގެ ކުރިންވެސް ފުލުހުން ވަނީ އެތައް ފަހަރެއްގެ މަތިން މި ގެ ރެއިޑްކޮށް ބަލައި ފާސްކޮށްފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ