ނޭޕާލްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބަލެންދްރާ ޝާހް ހުވާކުރައްވައިފި

ނޭޕާލްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބަލެންދްރާ ޝާހް ހުވާކުރައްވައިފި

Author
ހުސައިން
28 މާރޗް 2026 10:13
0

ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް، އެ ޤައުމުގެ ތާރީޚުގައި ވެސް އައްޔަނުކުރެވުނު އެންމެ ޒުވާން ލީޑަރު، ބަލެންދްރާ ޝާހް ހުވާކުރައްވައިފިއެވެ.

މިމަހުގެ ކުރީކޮޅު ބޭއްވި ނޭޕާލްގެ އާންމު އިންތިޚާބު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރެއްވި ޝާހަށް މަޤާމުގެ ހުވާލައިދެއްވީ އެ ޤައުމުގެ ރައީސް ރާމް ޗަންދުރާއެވެ. ޝާހް ނިސްބަތްވެވަޑައިގަންނަވާ ރަސްތްރިޔާ ސްވަތަނާ ޕާޓީން ވަނީ 275 މެންބަރުން ހިމެނޭ ޤާނޫނުހަދާ މަޖިލީހުގެ 182 ގޮނޑި ކާމިޔާބުކޮށް، ތާރީޚީ ބޮޑު މޮޅެއް ހޯދާފައެވެ.

އާ އިންތިޚާބަކަށް ގޮސް ޝާހަށް މި ފުރުޞަތު ފަހިވެގެންދިޔައީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޤައުމުގެ ރައްޔިތުން ނުކުމެ ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން އޭރު އޮތް ސަރުކާރު އިސްތިއުފާ ދިނުމުންނެވެ. ރައްޔިތުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ޝާހް ވަނީ، ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން އާންމުންނަށް ޚާއްޞަ ލަވައެއް ވެސް ނެރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.