ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ޖުލައި ނުވަތަ އޮގަސްޓުގައި ފަށަނީ

ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ޖުލައި ނުވަތަ އޮގަސްޓުގައި ފަށަނީ

Author
ހުސައިން
27 މާރޗް 2026 01:27
0

މިއަހަރުގެ ޖުލައި ނުވަތަ އޮގަސްޓު މަހުގެ ތެރޭގައި ވިލިމާލޭގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިކަން ހާމަކުރެއްވީ، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، މިއަހަރުގެ މެދުތެރޭގައި ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ޖުމްލަ 112 އެނދުގެ ޖާގައާއެކު 12،890 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބިނާކުރާ މި ހޮސްޕިޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އިޢުލާނުކުރެއްވި މި މަޝްރޫޢުގެ ދަށުން، އައުޓްޕޭޝަންޓް، ކުއްލި ފަރުވާ، ބަލި ދެނެގަތުމާއި ފަރުވާދޭ ޚާއްޞަ ސަރަހައްދުތަކުގެ އިތުރުން މެޑިކަލް ވޯޑުތަކާއި އިދާރީ އޮފީސްތައް ޤާއިމުކުރެވިގެންދާނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްދާ މަޝްރޫޢެކެވެ. އެގޮތުން ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.