ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
23 މާރޗް 2026 09:24
0

ގދ. ތިނަދޫ ސިޓީގައި ސަރުކާރުން ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގެ ބަރާސިލް އަވަށުގައެވެ. ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަލަށް އިމާރާތްކުރެވޭ މި 50 ހައުސިންގ ޔުނިޓަކީ 3 ކޮޓަރީގެ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ތިނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށާއި، މި ޔުނިޓުތަކުގެ ސަބަބުން އެ ސިޓީގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.