ވ. ފެލިދޫ ކައިރިން ރޭ ދަންވަރު ލޯންޗެއް ބަންޑުންޖަހާލައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ޑްރޯންތައް ބޭނުންކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމްލަ ހަތް މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާގެ ފަސް މީހުންނެވެ. ލޯންޗު ބަންޑުންޖަހާލައި ކަނޑުވި މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދޭގޮތުގައި، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން، އަދި ޑައިވަރުންގެ އެހީތެރިކަމާއެކު އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ. މިގޮތުން، މިހާރު އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން ވ. އަތޮޅުގެ ބޮޑު ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ