ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

Author
އައިޝަތު އަޙްމަދު
20 މާރޗް 2026 05:30
0

ހއ. އުތީމުގައި އުމުރުން އެންމެ ނުވަ ދުވަސްވީ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެރަށު ސިއްހީ މަރުކަޒުގެ ފަރާތުންނެވެ. އެ ތުއްތު ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިހާރު ތަހުގީގު ކުރިއަށް ގެންދާ އިރު، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.