މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ އެޕްލިކޭޝަން ނުވަތަ އީ-ޕޯޓަލް މެދުވެރިކޮށް ފެން ބިލް ދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ބިލް ދައްކާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަހަކު ގުރުއަތުން ހޮވޭ 3 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުޅި ޕްރޮމޯޝަންގެ ތެރެއިން ގުރުއަތުން ހޮވޭ އެންމެ ނަސީބުވެރި އެއް ފަރާތަކަށް ޚާއްޞަ އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.
އެމް.ޑަބްލިއު.އެސް.ސީ އިން މަޢުލޫމާތު ދޭގޮތުގައި، މި ޕްރޮމޯޝަން ކުރިއަށް ދާނީ 01 މާރިޗު 2026 އިން ފެށިގެން 31 މެއި 2026 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ ޝަރުތުތަކެއް ވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އޮންލައިންކޮށް ބިލް ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން އެމް.ޑަބްލިއު.އެސް.ސީ އިން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
ކޮމެންޓު ފޮނުވާ