ހއ. ހޯރަފުށީގައި ރަހުމްކުޑަ ގޮތަކަށް ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ހއ. ހޯރަފުށީގައި ރަހުމްކުޑަ ގޮތަކަށް ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

Author
ހުސެއިން
15 މާރޗް 2026 02:43
0

ހއ. ހޯރަފުށީގައި ގަސްތުގައި ބުޅަލަކަށް އަނިޔާކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދާދިފަހުން ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އެއްސުމަށްފަހު ވަރަށް އިހާނެތިކޮށް ބިންމަތީގައި ދަމާފައި ގެންދެއެވެ. މި ރަހުމްކުޑަ އަމަލާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ނުރުހުމާއި ފުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރުއެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މިހާތަނަށް ތިން މީހަކާ ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.