އދ. ދިގުރަށުގެ އަލިފާނުގެ ހާދިސާ: 5 މީހުން ނިޔާވެ، ފިހުނު ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އދ. ދިގުރަށުގެ އަލިފާނުގެ ހާދިސާ: 5 މީހުން ނިޔާވެ، ފިހުނު ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

Author
އައިޝަތު އަޙްމަދު
13 މާރޗް 2026 07:25
0

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ.

ރޭ ދަންވަރު 2:00 ހާއިރު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާލިބިގެން އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ދިގުރަށު ސިއްހީ މަރުކަޒުގައެވެ. އޭގެ ތެރެއިން ފަސް ބިދޭސީ މަސައްކަތްތެރިން ނިޔާވެފައިވާއިރު، ހަށިގަނޑުގެ ބޮޑު ބައެއް ފިހި، ހާލު ސީރިއަސްވި ދެ މީހަކު ވަނީ އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައެވެ.

އެ މީހުންނަށް ފަރުވާދެމުން އަންނަ އައިޖީއެމްއެޗް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މާލެ ގެނައި ދެ މީހުންނަށްވެސް މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުނުވި ނަމަވެސް، ރަށުގެ ބައެއް އާންމުން ބުނާ ގޮތުގައި އަލިފާން ރޯވީ ގޭސް ލީކުވުމެއްގެ ސަބަބުންނެވެ. އަދި އަލިފާންގަނޑު ރޯވެފައި ހުރި ވަގުތު އެ އެކޮމޮޑޭޝަން ބްލޮކުގައި ހުރި ގޭސް ސިލިންޑަރުތަކެއް ގޮވާ މަންޒަރާއި އަޑު އިވޭ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.