ހިޔާ ފްލެޓެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފި

ހިޔާ ފްލެޓެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފި

Author
އަހުމަދު
13 މާރޗް 2026 02:16
0

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ރަސްމީ ޑިއުޓީގައި އުޅެނިކޮށް ނޫންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު، ކަން ހިނގާދިޔަ ގޮތް އިތުރަށް ބަލަމުންދާ ކަމަށާއި، ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު ތަފްސީލުތައް ހާމަކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް މީހާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. ފުލުހުންގެ ހިމާޔަތުގައި އޭނާ ހިޔާ ޓަވަރުން ނެރެގެން ގެންދިޔަ ވަގުތު، އެތަނަށް އެއްވެ ތިބި އާންމުން ވަނީ އޭނާގެ މޫނު ދެއްކުމަށް ގޮވާލައި އަޑުގަދަކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިޔާގެ އެޗް 15 ވަނަ ޓަވަރުގައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ފުލުސް މީހާއަށް ހަމަލާދީފައިވަނީ މީހެއްގެ އަންބަކާ ބައްދަލުކުރަން ގޮސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މި ތުހުމަތުތައް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.