އިތުރު ރަހުނަކާ ނުލައި އައްޑޫގައި ގެ އެޅުމަށް 3 މިލިއަން ރުފިޔާ ލިބޭ ލޯނު ތައާރަފްކޮށްފި

އިތުރު ރަހުނަކާ ނުލައި އައްޑޫގައި ގެ އެޅުމަށް 3 މިލިއަން ރުފިޔާ ލިބޭ ލޯނު ތައާރަފްކޮށްފި

Author
ހުސައިން
12 މާރޗް 2026 02:19
0

ބީއެމްއެލްއިން އިތުރު ރަހުނަކާ ނުލައި އައްޑޫ ސިޓީގައި ގެދޮރު އެޅުމަށް 3 މިލިއަން ރުފިޔާ ލިބޭ ހާއްސަ ލޯން ޕްރޮޑަކްޓެއް ތައާރަފްކޮށްފި ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހަންމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ، ހިތަދޫ ސްކޫލުގައި ބީއެމްއެލް އިން ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ އައްޑޫ ރައްޔިތުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ޕްރޮޑަކްޓެއް ތައާރަފްކޮށްފައިވާ ކަމަށް ވިދާޅުވަމުން، ވިޔަފާރިތަކަށްވެސް ރަހުނަކާ ނުލައި ވާކިން ކެޕިޓަލްގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބޭ ލޯނު ހުންނާނެ ކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރަށް، އައްޑޫ ގެ މަސްވެރިންނަށް ވަޒީފާ އަދާ ކުރާ ފަރާތްތަކާ އެއްގޮތަށް ބޭންކުގެ ހުރިހާ ލޯން ޕްރޮޑަކްޓަކަށް ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރަން ބޭނުންވާ ފަރާތްތަކަށް، ލިބޭ ކަމަށް ލަފާ ކުރާ އާމްދަނީ އަށް ބިނާ ކޮށް ލޯނު ދޫ ކުރެވޭ ގޮތް ހަމަ ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބޭންކު ތިބީ “ހުރިހާ ގޮތަކުންވެސް އައްޑޫ ގެ ތަރައްގީ އަށް އެހީވާން ތައްޔާރަށް” ކަމަށް ވިދާޅުވަމުން، ޝަރީފް ސިފަ ކުރެއްވީ މި ލޯންތަކަކީ އައްޑޫ ގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ބޭންކުން ދޭ ހާއްސަ އަހަންމިއްޔަތެއްގެ ގޮތުގަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.