ބޭނުންވި ކުޅުން ފެނުނީ ފުރަތަމަ ހާފު: ވިޑަކޮވިޗް

ބޭނުންވި ކުޅުން ފެނުނީ ފުރަތަމަ ހާފު: ވިޑަކޮވިޗް

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 10:31
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 3-0 އިން މޮޅުވި މެޗު ގައި ބޭނުންވި ކުޅުން ފެނުނީ ފުރަތަމަ ހާފުގައި ކަމަށް މާޒިޔާގެ އާ ކޯޗު ވިޑަކޮވިޗް ބުނެފިއެވެ.

މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ އޭނާ ބޭނުންވި ކުޅުން ފެނުނީ ފުރަތަމަ ހާފު ކަމަށާއި ދެ ވަނަ ހާފްގައި އެކި ކަހަލަ އުނދަގޫތަކެއް ހުރުމުން މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި ބޭނުންވާ ގޭމް ކުޅެން ބަލާއިރު ދަނޑުގެ ވިނަގަނޑު އޮތްގޮތުން ދަތިތަކެއް ހުރި ކަމަށާއި އެ ކަންތައްތަކަށް ވިސްނައިގެން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ދެ ދުވަހެއް ވަރު ފަރިތަކޮށްގެން ބޭނުންވާ ފެންވަރަށް ގެންދަން އުނދަގޫވާނެ ކަމަށްވެސް ބުނެފައިވެއެވެ

ފުރަތަމަ ހާފުގައި އެ ފެނުނު ކުޅުމުން އަހަންނަށް ބުނެވިދާނެ މީގެ ރަނގަޅަށް ދާނެކަންކަން. މި މެޗުން ރަނގަޅުކުރެވޭނެ ގިނަ ކަންކަން ފެނިއްޖެ އެ އަށް މަސައްކަތްކުރާނަން. މޮޅުވުމުން ހިތްހަމަޖެހޭ.

– ވިޑަކޮވިޗް ބުނެފައިވެއެވެ.

އާ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މި ހޯދި މޮޅާ އެކު އެއް ވަނަ އަށް ޖެހިލީ ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމުގެ އޮތީ މާޒިޔާ އަށް ވުރެން މަދު ފައިދާ ގޯލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.