ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ހާމަކުރެއްވި ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ 2.2 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، އެއީ "ހިރޮއިން" ކަމަށް ދައްކާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް އައި ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން ލަފާކުރައްވާ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2.2 މިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ. މި މައްސަލަ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ