ދިރާގުން ސައުދީ އަދި ޔޫއޭއީއަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިދީފި

ދިރާގުން ސައުދީ އަދި ޔޫއޭއީއަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިދީފި

Author
އަލީ ރައޫފް
01 މާރޗް 2026 05:21
0

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކުގެ ހާލުބެލުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހިލޭ ގުޅޭނެ ގޮތް ދިރާގުން މިއަދު ހަމަޖައްސައިދީފިއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި ޚާއްސަ އެހީތެރިކަމުގެ ދަށުން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް އެ ދެ ގައުމަށް ގުޅުމަށްޓަކައި ހިލޭ 30 މިނިޓު ލިބިގެންދާނެއެވެ. މި ފިޔަވަޅަކީ ދަތި ދަނޑިވަޅުތަކުގައި ކަސްޓަމަރުންނަށް މުއާސަލާތީ ލުއިފަސޭހަ ހޯދައިދީ، ލޯބިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ހިލޭ މިނިޓުތައް ހޯދުމަށްޓަކައި ކަސްޓަމަރުންނަށް #225* އަށް ޑައިލްކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް އެކްޓިވޭޓް ކުރެވޭނެއެވެ. މި ފުރުސަތު މާރިޗު 2، 2026 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ޕެކޭޖު އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން 7 ދުވަހުގެ މުއްދަތަށް މި މިނިޓުތައް ބޭނުންކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް، ކަސްޓަމަރުންނާއި އެފަރާތްތަކުގެ އާއިލާތައް ގުޅުުވައިދިނުމަށާއި، ޚާއްސަކޮށް މިފަދަ ނާޒުކު ވަގުތުތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.