ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ދަރިކަލުން ހުޅުއްވައިދެއްވައިފި

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ދަރިކަލުން ހުޅުއްވައިދެއްވައިފި

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 12:41
0

ރާއްޖޭގެ މަޝްހޫރު ދީނީ ޚިދުމަތްތެރިޔާ އަލްމަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

ބަންގްލަދޭޝްގައި މިއަދު ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުއްވައިދެއްވީ ޝައިޚް ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ ޢަބްދުﷲ ފަރީދާއި ޢަބްދުއްރަޙްމާން ފަރީދެވެ. ޝައިޚް ފަރީދު ޚިދުމަތްކުރެއްވި "ޚިދުމަތް ޖަމިއްޔާ" އިން މަޢުލޫމާތު ދިން ގޮތުގައި، އަލަށް ހުޅުވުނު މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެހެން ތަނަވަސް ޖާގައެއްގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މަޝްރޫޢުގެ އިތުރުން، ޝައިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައިވެސް ބޮޑު މިސްކިތެއް ބިނާކުރުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ. ގާތްގަނޑަކަށް 2،500 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރުމަށްޓަކައި، އެކަމަށް މާލީގޮތުން އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.