މާލޭގެ ބޮޑެތި 4 މިސްކިތެއް އޭސީކޮށް ބޭނުންކުރަން ފަށައިފި

މާލޭގެ ބޮޑެތި 4 މިސްކިތެއް އޭސީކޮށް ބޭނުންކުރަން ފަށައިފި

Author
ހުސައިން
18 ފެބްރުއަރީ 2026 11:18
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވާ ފަދައިން، މާލެ ސަރަހައްދުގެ ބޮޑެތި ހަތަރު މިސްކިތެއްގައި އޭސީ ހަރުކޮށް، ރެއިން ފެށިގެން އެ ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މިއީ މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ނިންމެވުމަށް ރައީސް ކަނޑައެޅުއްވި މުހިންމު މަސައްކަތެކެވެ. ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ފަދަ ޖާގަ ތަނަވަސް މިސްކިތްތަކަށް ޚާއްސަ އިސްކަމެއް ދީގެންނެވެ.

މި މަސައްކަތުގެ ދަށުން އޭސީ ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ފިރިހެނުން ނަމާދުކުރާ މައި ހޯލު އެކަނި ނޫންކަމަށާއި، މިސްކިތްތަކުގެ އަންހެނުން ނަމާދުކުރާ ބައިވެސް އޭސީ ކުރެވިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.

އަލަށް އޭސީކޮށް ޚިދުމަތް ދޭން ފެށި ހަތަރު މިސްކިތަކީ މާލޭގައި ހުންނަ ފުރުޤާން މިސްކިތާއި، ޖަލާލުއްދީން މިސްކިތް އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އިތުރުން ހުޅުމާލޭގައި ހުންނަ މަސްޖިދުއް ޝައިޚް ޢުމަރު ބިން ޚައްޠާބެވެ. މި ހުރިހާ މިސްކިތެއްގައިވެސް އޭސީ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައި، ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.