ދިވެހި ފުލުހުންގެ ޚިދުމަތުން އަތޮޅުތެރޭގައި ހިންގަމުން އަންނަ މަރުކަޒުތަކުގެ ތެރެއިން، މިހާތަނަށް އިންޓަނެޓްގެ ޚިދުމަތް ލިބިފައިނުވާ 100 އަށްވުރެ ގިނަ ސްޓޭޝަނަށް އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން 105 ތަނެއްގައި މިވަގުތު އިންޓަނެޓްގެ ޚިދުމަތް ލިބޭކަށް ނެތެވެ. އެހެންކަމުން، އެ މަރުކަޒުތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއުގެ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި ހިނގާ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9790052 ނަންބަރު ފޯނަށް ގުޅުއްވުމަށް ފުލުހުންގެ އިދާރާއިން އެދެއެވެ.
ކޮމެންޓު ފޮނުވާ