ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ފަތުރުވެރިއަކު މިއަދު އިސްލާމްދީން ގަބޫލުކޮށްފިއެވެ.
އުމުރުން 49 އަހަރުގެ މި އަންހެން މީހާ އިސްލާމްވެފައިވަނީ ދިއްފުށީ މިސްކިތެއްގެ ތެރޭގައެވެ. މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ދިވެއްސެއްގެ އެހީތެރިކަމާއެކު އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވިއިރު، ހުރީ އިސްލާމީ ރިވެތި ހެދުން އަޅައި ބުރުގާ ވެސް އަޅައިގެންނެވެ.
ހައްގު މަގު އިޚްތިޔާރުކޮށް އިސްލާމްވުމަށްފަހު މިހާރު އޭނާއަށް ދީފައިވާ ނަމަކީ ޖަމީލާއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އިސްލާމްދީނުގެ މަތިވެރިކަން ފެނި، ހިތްޖެހިގެން އިސްލާމްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ