"ބިގްބޮސް14″ގެ ރޭގެ އެޕިސޯޑަކީ ވަރަށް އިމޯޝަންލް އެޕިސޯޑެކެވެ. މި އެޕިސޯޑުގައި ރުބީނާ ދިލައިކް، އަބިނަވް ޝުކުލާ، ޖޭސްމިން ބާސިން އަދި އަލީ ގޯނީގެ ތެރެއިން ކޮންމެސް އެކަކު ޝޯވް އާ ވަކިވާކަމާއި ވަކިވާ މީހެއްގެ ސަބަބުން ސަލްމާން ލޮލުން ކަރުނަ އަންނަކަން އެޕިސޯޑްގެ ޕްރޮމޯގައިވަނީ ދިއްކާފައެވެ.
ބިގްބޮސްގެ ގެއިން ރޭގައި ނުކުންނަންޖެހުނީ ޖޭސްމިންއަށެވެ. އެއާއެކު އޭނާގެ ލޯބިވެރިޔާ އަލީ ގޯނީއަށް ވީގޮތްފެނި ސަލްމާންގެ ލޮލުންވެސް ކަރުނަ އައެވެ. އެޕިސޯޑްގެ ޕްރޮމޯ އާންމު ކުރުމުން ފާޑުކިޔާ ބައެއް މީހުން އޭރު ބުނީ ސަލްމާން ކުޑަކުއްޖެއްހެން ރޮނީ ކަމަށެވެ.
ރޭގެ ޝޯވްގައި ބިގްބޮސްއާ އަލްވަދާއުކީ ޖޭސްމިން އަކީ މުޅި ސޯވްގައި ވެސް ހޯސްޓް ސަލްމާނަށް އެންމެ ހާއްސަ އެއް ބައިވެރިޔާވެސް މެއެވެ. ބިގްބޮސްގެ ގެއިން ނުކުތުމަށްފަހު ޖޭސްމިން ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، އޭނާގެ ހުރިހާ ސަޕޯޓަރުންވެސް އަލީ އަށް ބިގްބޮސް14 ކާމިޔާބުކޮށްދޭން އެހީތެރިވުމަށް އެދިފައެވެ.
Thank you for all your love & support
& for #BringJasminBhasinBack
You all are truly the best!– Love
Jasmin #JasminBhasin pic.twitter.com/yHgHUgnZSV— Jasmin bhasin (@jasminbhasin) January 10, 2021
"ބިގްބޮސް14″ގެ ރޭގެ އެޕިސޯޑްގައި ސަލްމާން އަލަށް ބިގްބޮސްގެ ގޭތޭރެއަށް ވަދެ، ނިކީ ތަންބޯލީ ކަންކަން ހުރިގޮތުން ހިތްހަމަނުޖެހި، ރާކީ ސާވަންތުގެ އެނދު ސާފުކޮށްދެއެވެ. މީގެ އިތުރުން ސަލްމާން ރުބީނާ އާއި އަބީނަވް ދެކެ ރުޅިއައިސްގެ އެއްޗެހިކިޔާ މަންޒަރުވެސް ފެނިގެންދިޔަ އެވެ.
ކޮމެންޓު ފޮނުވާ