މެލޭޝިއާގެ ދިވެހި ކޮމިއުނިޓީން އިންތިޒާމްކުރި ބެޑްމިންޓަން މުބާރާތް ނިންމާލައިފި

މެލޭޝިއާގެ ދިވެހި ކޮމިއުނިޓީން އިންތިޒާމްކުރި ބެޑްމިންޓަން މުބާރާތް ނިންމާލައިފި

Author
ޙަސަން މުޙައްމަދު
08 ފެބްރުއަރީ 2026 08:36
0

މެލޭޝިއާގެ ދިވެހި ކޮމިއުނިޓީން އިންތިޒާމްކޮށްގެން ބޭއްވި ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ، މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިން ކޮމިއުނިޓީން އިސްނަގައިގެން، އެގައުމުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ދިވެހިންނަށް ބައިވެރިވެވޭގޮތަށް ބޭއްވި މުބާރާތެކެވެ. މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އިސްފަރާތެއް ކަމުގައިވާ އަބުދުالله އަހުމަދު ވިދާޅުވި ގޮތުގައި، 4 ގުރޫޕަކަށް ބަހާލައިގެން ބެއްވި މި މުބާރާތުގައި 12 ދިވެހި ޓީމު ބައިވެރިވެފައި ވެއެވެ.

އޭނާ ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމަކަށްވުމުން، މިފަދަ އިވެންޓެއް އިންތިޒާމްކުރުމުން މޭލޭޝިއާގެ ދިވެހި ކޮމިއުނިޓީއަށް އެއަތަނަކުން ބައްދަލުވެވި އެކުވެރިކަން ބަދަހި ކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެތީއެވެ. އެގޮތުން އޭނާ ވިދާޅުވީ، މިއަދުގެ މުބާރާތް ކުރިޔަށްދިޔައިރު މެލޭޝިއާގެ އެކިސަރަހައްދުގައި ދިރިއުޅެމުންދާ އާއިލާތައް އެއްތަނަކަށް އެއްވެ، ޓީމުތަކަށް ސަޕޯޓުކޮށްފައިވެއެވެ. މުބާރާތް ކުރިޔަށް ގޮސްފައިވަނީ، މިއަދު ހެނދުނު 9:00 އިން އެދުވަހު ހަވީރު 6:00 އަށް ކުއާލާލަމްޕޫރުގެ، ކޭއެލް ޓްރޭޑާސް ސްކުއަރގައެވެ.

މުބާރާތުގެ ޗެމްޕިއަަންކަން ހޯދި ޓީމާއި ޓްރޮފީ ހަވާލު ކުރަނީ

މި މުބާރާތް އިންތިޒާމްކުރި ދިވެހި ކޮމިއުނިޓީން ބުނެފައިވަނީ އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމަކޮށް މި މުބާރާތް ބޭއްވުމަށް ހަމެޖެހިފައިވާ ކަމަށާއި، މި މުބާރާތަށް ސްޕޮންސަރުންގެ ދީލަތި އެހީތެރިކަން ލިބިފައިވާތީ އެ ފަރާތްތަކަށް މުބާރާތް އިންތިޒާމްކުރި ދިވެހި ކޮމިއުނިޓީގެ ފަރާތުން ޚާއްސަ ޝުކުރެއް އަދާކުރާ ކަމުގައެވެ. އަދި ކުރިޔަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން މެލޭޝިއާގަ ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭގޮތައް ޚާއްސަ މާހެފުމެއް އިންތިޒާމްކުރަމުންދާކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.