މީޑިއާއާ ގުޅުން ވަރުގަދަކުރައްވައި ސީދާ މައުލޫމާތު ދެއްވުމުގެ ގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރައްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އާންމު އުސޫލެއްގެ މަތީން އޮންނަ މި ބައްދަލުވުންތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށެވެ.
މީޑިއާތަކާއި އެކު ގާތް ގުޅުމެއް ބާއްވަވާ ކަމަށް ރައީސް ވިދާޅުވެ، އެ ގުޅުން އިތުރަށް ވަރުގަދަކުރައްވައި ނޫސްވެރިންނަށް އެމަނިކުފާނުގެ ފަރާތުން ސީދާ މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސަވަން މިގޮތަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ