އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯތި އޮތަސް ގޯއްޗަށް އެދެވޭގޮތް ހަދާނަން: ރައީސް

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯތި އޮތަސް ގޯއްޗަށް އެދެވޭގޮތް ހަދާނަން: ރައީސް

Author
ހުސައިން
05 ފެބްރުއަރީ 2026 11:37
0

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ވަކި ކެޓަގަރީއެއްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގެ ބޭނުމަކީ، ގޯތިގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. އެގޮތުން ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ކަމުގައި ވިޔަސް، އަނެއް މީހާއަށް ގޯއްޗަށް ކުރިމަތިލެވޭނެހެން ޚާއްސަ ކެޓަގަރީއެއް ކަނޑައަޅުއްވައި، އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.