ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ އައު އުސްމިނަކަށް: ޖުމްލަ 1.13 ބިލިއަން ޑޮލަރު

ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ އައު އުސްމިނަކަށް: ޖުމްލަ 1.13 ބިލިއަން ޑޮލަރު

Author
ހުސައިން
05 ފެބްރުއަރީ 2026 10:10
0

ރާއްޖޭގެ ރަސްމީ ރިޒާވްގެ އަދަދު ތާރީހުގައި ވެސް ނުދެކޭ ފަދަ މަތީ މިންވަރަކަށް އިތުރުވެ، 1.13 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއްގެ ގޮތުން ރިޒާވްގެ އަދަދު މަތިވެފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު ރިޒާވްގައި ހުރި 1.13 ބިލިއަން ޑޮލަރަކީ ރާއްޖޭގެ މާލީ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް މިހާ މައްޗަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ރިޒާވްގެ އަދަދު އިތުރުވުމަކީ އޭގެ ހެއްކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.