އޮޕަރޭޝަން އަލިމަގު: ބައި ކިލޯއަށްވުރެ ގިނަ ޑްރަގާއި ލައްކައަކަށްވުރެ ގިނަ ރުފިޔާއާއެކު ޒުވާނަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގު: ބައި ކިލޯއަށްވުރެ ގިނަ ޑްރަގާއި ލައްކައަކަށްވުރެ ގިނަ ރުފިޔާއާއެކު ޒުވާނަކު ހައްޔަރުކޮށްފި

Author
އަލީ ރައޫފް
02 ފެބްރުއަރީ 2026 11:22
0

މާލޭގައި ކުށްމަދުކުރުމަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހިންގި ޚާއްސަ ހަރަކާތެއްގައި، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަން ޔުނިޓަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ، ހަފުލާ، އުމުރުން 21 އަހަރުގެ ޢަލީ މުފާވިޒެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މުފާވިޒް ހައްޔަރުކޮށް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 614 ގުރާމުގެ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން އެ އެޕާޓްމަންޓުން 125،000 (އެއްލައްކަ ފަންސަވީސް ހާސް) އަށްވުރެ ގިނަ ރުފިޔާ ވަނީ ފެނިފައެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.