މޫސާ އަލީ ޖަލީލުގެ މޭޔަރު ކެމްޕެއިން ޖަގަހަ ހުޅުވައިފި

މޫސާ އަލީ ޖަލީލުގެ މޭޔަރު ކެމްޕެއިން ޖަގަހަ ހުޅުވައިފި

Author
އަހުމަދު
18 ޖެނުއަރީ 2026 11:36
0

އަންނަ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފި އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޕީއެންސީ އޮފީހުގެ ތިރީބައިގައި ހުޅުވި މި ކެމްޕެއިން އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ މި އޮފީހަކީ ހަމައެކަނި އޭނާގެ ކެމްޕެއިން އޮފީހެއް ނޫން ކަމަށާއި ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް އެތަން ބޭނުންކުރެވޭނެ ކަމަށެވެ.

މާލޭގެ މޭޔަރުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މިހާރުގެ މޭޔަރު އާދަމް އާޒިމް އަދި އަމިއްލަ ގޮތުން ކުރީގެ ޓެންޑާ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު ވާދަކުރައްވަ އެވެ. އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރެއްވި މޫސާ އަލީ ޖަލީލަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.