އިންތިޚާބާ ގުޅިގެން ބަންގްލަދޭޝްގެ އޮން އެރައިވަލް ވިސާ ވަގުތީގޮތުން މެދުކަނޑާލައިފި

އިންތިޚާބާ ގުޅިގެން ބަންގްލަދޭޝްގެ އޮން އެރައިވަލް ވިސާ ވަގުތީގޮތުން މެދުކަނޑާލައިފި

Author
އަހުމަދު
13 ޖެނުއަރީ 2026 09:03
0

އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެ ޤައުމަށް އެތެރެވާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބަދަލަށް ޢަމަލުކުރަން ފަށާނީ މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހި ރައްޔިތުން، ދަތުރު ފެށުމުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން މެދުވެރިކޮށް ވިސާ ހޯއްދެވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ވިސާގެ ޚިދުމަތް ހޯއްދެވުމަށް ހުޅުމާލޭ ނިރޮޅުމަގު ގޯޅި ނަންބަރު 16 ގައި ހުންނަ ހައިކޮމިޝަނަށް ވަޑައިގެން ނުވަތަ އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.