އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީ ހުރި ކަރަންޓު ފޮއްޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީ ހުރި ކަރަންޓު ފޮއްޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

Author
އައިޝަތު އަޙްމަދު
11 ޖެނުއަރީ 2026 10:12
0

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރީގައި ހުރި ކަރަންޓު ބޯޑެއްގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 17:35 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ޓީމުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 17:40 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަން ވެސް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.