އިންތިޚާބާ ދިމާކޮށް ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އޭސީސީން ޚާއްސަ އިސްކަމެއް

އިންތިޚާބާ ދިމާކޮށް ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އޭސީސީން ޚާއްސަ އިސްކަމެއް

Author
ޙަސަން މުޙައްމަދު
10 ޖެނުއަރީ 2026 02:54
0

އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް އިތުރުވާތީ، އެކަން ހުއްޓުވުމަކީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ޑިރެކްޓަރ ޢަލީ ޝަމީމް އާދަމް ވިދާޅުވީ، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކައުންސިލްގެ ވަސީލަތްތަކާއި މަޤާމުގެ ނުފޫޒު ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަކީ ވަރަށް މުހިންމު ފިޔަވަޅެއްކަން އޭސީސީން ފާހަގަކުރެއެވެ. ޚާއްސަކޮށް، ކައުންސިލް ދައުރުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި، ބިންތައް ކުއްޔަށް ދިނުން ފަދަ ކަންކަން ކުރުމުގައި މިހާރު ހަރުދަނާ އުސޫލުތަކެއް ޤާއިމުކޮށްފައިވުމުން، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދުވެގެންދާނެކަމަށް އެ ކޮމިޝަނުން ދެކެއެވެ.

މިކަމާ ގުޅޭގޮތުން އާންމުންނާއި އިދާރާތައް ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.