ފޭދޫން ގެއްލިގެން ހޯދަމުންދިޔަ ރާއިދާ އާންމުންގެ ބަޔަކަށް ފެނިއްޖެ

ފޭދޫން ގެއްލިގެން ހޯދަމުންދިޔަ ރާއިދާ އާންމުންގެ ބަޔަކަށް ފެނިއްޖެ

Author
ޙަސަން މުޙައްމަދު
08 ޖެނުއަރީ 2026 10:48
0

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ފެނިއްޖެއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ރާއިދާ ފެނިފައިވަނީ، އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށެވެ.

ރާއިދާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެން، މެންދުރުފަހު 14:52 ހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ އެންމެހާ އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އާންމުންގެ ބަޔަކަށް ރާއިދާ ފެނުމާ ހަމައަށް، ފުލުހުން ކުރި މަސައްކަތުން އޭނާވީ ތަނެއް ދެނެގަނެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.